English Edition
Dhivehi Edition

ގދ. މަޑަވެލިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަޑަވެލި ސިއްހީ މަރުކަޒުގެ މެނޭޖަރު ހުޝާމް ހާމިދު ވިދާޅުވީ މަޑަވެލިން ބައްޔަށް ފައްސިވި މީހާއަކީ ގދ. ކާޑެއްދޫގައި މަސައްކަތްކުރާ ގދ. ތިނަދޫގައި ހުރި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.

ކާޑެއްދޫ ކޭސްގެ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ހިސާބުން ފެށުގެން އެ މީހާ ކަރަންޓީނު ކުރެވުނު ކަމަށާއި ސާމްޕަލް ނަގާފައިވަނީ އަލާމާތްތަށް ފެންނަން ފެށުމުން ކަމަށް ހުޝާމް ވިދާޅުވިއެވެ. ކަރަންޓީނުގައި ފައްސިވި މީހާ ހުރި ނަމަވެސް މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ސިއްހީ މަރުކަޒުން ކުރިއަށްގެންދާ ކަމަށްވެސް ހުޝާމް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ގދ. އަތޮޅުގައި ބައްޔަށް ފަރުވާ ހޯދަމުންދަނީ މަޑަވެލިން ފައްސިވި މީހާގެ އިތުރުން ގދ. ތިނަދޫގައި 15 މީހުންނާއި ގދ. ގައްދޫގައި 08 މީހުންނެވެ.