English Edition
Dhivehi Edition

ގއ އަތޮޅު ކައުންސިލް ރައީސް، އެ ކައުންސިލްގެ ބަށި ޓީމާއި ބައްދަލުކުރައްވައިފިއެވެ.

އިންޓަރ އޮފީސް ބަށި މުބާރާތުގައި ބައިވެރިވާ އަތޮޅު ކައުންސިލްގެ ބަށި ޓީމުގެ ކުޅުންތެރިންނާއިއެކު އަތޮޅު ކައުންސިލް ރައީސް އިބްރާހިމް ޝިހާން ބައްދަލް ކޮށް އެ ޓީމަށް ހިތްވަރުދެއްވައިފިއެވެ. ވިލިނގިލީ އިޖްތިމާއީ މަރުކަޒުން މި މަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން, މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. މިއީ އެ ރަށުގައި ޤާއިމްކުރެވިފައިވާ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮަށްގެން ކުރިއަށްގެންދާ މުބާރާތަކެވެ. .

އެ މުބާރާތުގެ ޓީމް ލިސްޓު ހަވާލުކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 22:00 ގައި ކަމަށްވެސް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.