English Edition
Dhivehi Edition

އަޟްހާ އީދާއި ގުޅިގެން އައްޑޫ ސިޓީ މީދޫގައި ބާއްވާން ހަމަޖައްސާފައިވާ ކުޑަކުދިންގެ ހަވީރު ބާއްވައިފިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައިވާ ކުޑަކުދިންގެ ހަވީރު ބާއްވާފައުވަނީ އިއްޔެ ހަވީރު މީދޫ ޖެޓީ ކުރިމަތީ ޕާކުގައެވެ.

ގިނައަދަދެއްގެ ބަޔަކު ބައިވެރިވި މި ކުޑަކުދިންގެ ހަވީރުގައި ކުދިންނާއި ގުޅޭ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ‘މީދު އީދުއުފާ 1438’ގައި ހިމެނޭ ކުޑަކުދިންގެ ހަވީރުގައި އިއްޔެ ބައިވެރިވި ކޮންމެ ކުއްޖަކަށް ހަދިޔާވަނީ ދީފައެވެ. މި ކުޑަކުދިންގެ ހަވީރުގައި މީދޫ ޕްރީސްކޫލު ތަކުގެ އަންޓީން ވެދެއްވި އެހީތެރިކަން ފާހަގަކޮށް މިކަން އިންތިޒާމު ކުރި ފަރާތްތަކުން ވަނީ އަންޓީނަށް ޝުކުރު އަދާކޮށްފައެވެ.

1438 ވަނަ އަހަރު މީދޫގައި އަޟްހާ އީދު ފަހަގަކުރުމުގެ ގޮތުންވަނީ ދަނޑިޖެހުމާއި ބޮޑު މަސް ދުއްވުމުގެ ހަރަކާތްތަކެއް ބާއްވާފައެވެ. މީދޫ ޖެޓީ ސަރަހައްދުގައި ކުރިއަށްދިޔަ ކުޅިވަރުތަކުގެ ތެރޭގައި ބަށިކުޅުމާއި ވާދެމުން އަދި ބޮޑު މަސް ބޭނުން ހިމެނެއެވެ. މިދިޔަ އަހަރުވެސް މީދޫގައިވަނީ އަޟްހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި ގޮތުން އުޟްހިޔާ ކަތިލުމާއި، ބޮޑު މަސް ބޭނުނުމުގެ އިތުރަށް ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓެގު