English Edition
Dhivehi Edition

ގދ. މަޑަވެލީގެ އާންމު މުޖްތަމައުން ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.

މަޑަވެލި މޮނިޓަރިން އަށް ލާފައިވަނީ، ކާޑެއްދޫ އެއަރޕޯޓުން ބަޔަކު ފައްސިވުމާ ގުޅިގެން އެފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުފައި ފާހަގަ ކުރެވުނު ފަރާތެއް މި ބައްޔަށް ފައްސިވެފައިވާތީ، ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އަދި ކާޑެއްދޫ ކޭސްއާ ގުޅުންހުރި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓެކްޓް ވެފައިވާ ފަރާތެއްވެސް ކޮވިޑް-19އަށް ފައްސިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މަޑަވެލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 3 ފަރާތެއް މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދެއެވެ.

މިހާތަނަށް ރަސްމީ ލިޔުމެއް ލިބިފައި ނުވި ނަމަވެސް އެރަށް މޮނިޓަރިންގ ހާލަތަށްލެވިފައިވާކަން އެޗް ޕީ އޭ އިން ވަނީ އޭއޯ ނިއުސް އަށް ކަށަވަރު ކޮށްދީފައެވެ.