English Edition
Dhivehi Edition

އެމްއެމްއޭ ޓީމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސްގެ ގްރޭޑް 8–9 ކެޓަގަރީން އެއްވަނަ ހައްވާ އީވާ ވިފާއު ހޯދައިފިއެވެ.

“ކަރަންސީ އޮފް ކަނެކްޝަން” ގެ ނަމުގައި އޭނާގެ އެވޯޑް ލިބިފައިވާ އާޓްވޯކުން ޖަމާޢަތުގެ މާލީ ޒިންމާއާއި ނިންމުންތައް ނިންމުމުން އުޖާލާ މާދަމާއަކަށް މަގުފަހިވާނެ ގޮތް ރީތިކޮށް ދައްކުވައިދެއެވެ.

އެމްއެމްއޭ ޓީމްވީލް ފިންލިޓް ފެސްޓް” އަކީ ތަފާތު މުބާރާތްތަކުގެ ތެރެއިން މާލީ ލިޔަންކިޔަން ދަސްކުރުމާއި، ޒިންމާދާރުކަމާއެކު ފައިސާ” ބެލެހެއްޓުމާއި، އިސްލާމިކް ފައިނޭންސް އަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އުފެއްދުންތެރިކަމާއި، ބަހުސްއާއި، އިނޮވޭޝަންއާއި، ތައުލީމުގެ ތެރެއިން ދަރިވަރުންނާއި ޒުވާނުންނާއި ފުޅާ ދާއިރާއެއްގައި އާންމުން ޝާމިލުކޮށްގެން، މި ފެސްޓިވަލްގައި މަސައްކަތް ކުރަނީ މާލީ ގޮތުން މައުލޫމާތު ލިބިފައިވާ، ހުރިހާ ފަރާތްތަކެއް ހިމެނޭ މުޖުތަމައެއް ބިނާކުރުމަށެވެ.