English Edition
Dhivehi Edition

މާމެންދޫ މޮނިޓަރިންގ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފި

އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަމަށް ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ، ކޮވިޑް19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

އެ އެންގުމުގައި ބުނެފައިވަނި، އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށާއި އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.

އެއޯ ނިއުސް އަށް މަޢުލޫމާތު ލިބޭ ގޮތުގައި، އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވަނީ ތިނަދޫއިން މިއަދު ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓްވި ބައެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.