English Edition
Dhivehi Edition

އައްޑޫސިޓީގައި މީހުންދިރިއުޅޭ ހުރިހާ އަވަށެއްގައި ފުލުހުން މިއަދު ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 534 އުޅަނދު ބަލައި ފާސްކޮށްފިއެވެ.

މިއަދު ހަވީރު 3.45 އިން 6.00 އަށް އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 534 އުޅަނދު ޗެކުކުރުމުގެ އިތުރަށް 9 އުޅަނދެއްވަނީ ޖުރިމަނާ ކޮށްފައި ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ދިވިލިމަތަ ގެ ނަމުގައި އައްޑޫގައި ދޭތެރެދޭތެރެއިން ހިންގަމުން ގެންދާ މިއޮޕަރޭޝަނަކީ އައްޑޫގެ މަގުތައް އަމާންކަން މަތީ ބޭއްވުމާއި ޓްރެފިކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެކެވެ. މިއީ މީގެ 6 ވަނަ އޮޕަރޭޝަނެވެ.

މިފަދަ އޮޕަރޭޝަންތައް ހިންގާއިރު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އައްޑޫގައި މަސައްކަތްކުރާ ފުލުހުންވަނީ ރައްޔިތުންނަށް ޝުކުރުއަދާ ކޮށްފައެވެ.