English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް ލައިފް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 167 އުޅަނދު ބަލައިފާސްކޮށްފިއެވެ.

ސ. ގަން ޕޮލިސް ސްޓޭޝަނުން، ފޭދުއާއި މަރަދޫފޭދުއާއި އަދި މަރަދޫ ހިމެނޭ ސަރަހައްދުގައި ޖުލައި 27 ވަނަދުވަހު ކުރިއަށް ގެންދިޔަ ޓްރެފިކްގެ މިއޮޕަރޭޝަނަކީ، އައްޑޫސިޓީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވާ މިއޮޕަރޭޝަންގައި، 167 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. އަދި ޤަވާއިދާ ޚިލާފުވި 35ފަރާތަކަށް ނަސޭހަތްތެރިވެފައިވާއިރު 2 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.