English Edition
Dhivehi Edition
22 މާރިޗު 2020 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްއެންޑީއެފް

މާލޭގެ މާފަންނުގައި ހުންނަ ގުދަނެއްގެ ތެރޭ ފަޔާ އެކްސްޓިންގުއިޝާ ފުޅިއެއް ގޮވުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކަށާއި ބިދޭސީއަކަށެވެ. އަނިޔާ ލިބުނު ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އަދި އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ އެ ގުދަނަކީ ފަޔާ އެކްސްޓިންގުއިޝާ ރައްކާކުރާ ގުދަނެއް ކަަމަށާއި އެތަނުގައި ގޮވާފައިވަނީ އެފްއެމް200 ގެ ސިލިންޑަރެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 09:41 ހާއިރުކަމަށެވެ.