English Edition
Dhivehi Edition
އައްޑަނަ މަޖައްލާގެ 35 ވަނަ އަހަދު ނެރެފި
ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ “އައްޑަނަ މަޖައްލާ” ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފިއެވެ.
“އައްޑަނަ މަޖައްލާ” ގެ 35 ވަނަ ޢަދަދު ނެރެދެއްވާފައި ވަނީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
މި މަޖައްލާ ނެރެދެއްވީ ދިފާޢީ ވަޒީރު، ޣައްސާން މައުމޫންއެވެ.
އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ “ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު” މި މައުޟޫގެ މައްޗަށެވެ. މިފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.