English Edition
Dhivehi Edition
ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.

މޭޖާ ޖެނަރަލް ރޭންކް ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައު ހުންނެވި, އަބްދުއްރަހީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އަދި މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އަބްދުއްރަހީމް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓް ކުރަށްވާފައެވެ.

އަބްދުއްރަހީމް ރިޓަޔާ ކުރަށްވާނީ އުމުރުފުޅުން 60 އަހަރު ފުރުމުންނެވެ. އޭނާއަށް 60 އަހަރު ފުރޭނީ އަންނަ އޭޕްރީލް މަހުއެވެ.

“ޗީފް އޮފް ޑިފެންސް ފޯސް، ރިޓަޔާ ކުރެއްވުމަށް ނިންމަވާ ސިފައިންގެ އިސްވެރިންނާ އެކަން މިހާރުވަނީ ހިއްސާ ކުރަށްވާފަ,” ސިފައިންގެ އޮފިޝަލެއް މިއަދު ވިދާޅުވިއެވެ.

ސިފައިންގެ ޤާނޫނު ބުނާގޮތުން ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ފުރެންދެނެވެ.