English Edition
Dhivehi Edition

އިނަ މޯލްޑިވްސް ހޮލިޑޭސް އިން އިންޑިއާ އިން އައްޑުއަށް ހަ ޗާޓަރު ފްލައިޓް ބާއްވަން ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދަޅުވެއްޖެއެވެ.

‘އަވަސް’ އަށް މައުލޫމާތު ދެއްވަމުން ފިރާގު ވިދާޅުވީ މި ފްލައިޓްތަކަކީ ކަރަންޓީން މީހުން ގޮވައިގެން އަންނަ ފްލައިޓް ތަކެއް ކަމަށެވެ. މި ފްލައިޓުތަކުން އަންނަނީ ސައުދީ އާއި ކެނެޑާއަށް ދިއުމަށް ބޭނުންވާ މީހުންނެވެ.

މި ފްލައިޓްތައް އައްޑޫއަށް ބޭއްވުމުގެ ސަބަބުން އައްޑޫ ސިޓީއަށް ލިބޭނެ ފައިދާތައް ހިއްސާކުރަމުން ފިރާގް ވިދާޅުވީ މި ފްލައިޓްތަކުން 1200 މީހުން އަންނާނެކަމަށެވެ. އަދި މިއީ ކަރަންޓީން ޓޫރިސްޓުން ކަމަށާއި މިކަމުގެ ސަބަބުން އައްޑޫގެ އިގްތިސޯދަށް އެކި ގޮތް ގޮތުން 14 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ.

މިމަހުގެ 16 ވަނަ ދުވަހު އިންޑިއާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މި ފްލައިޓްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް އައްޑޫގެ އިގްތިސާދަށް މަންފާއެއް ހޯދައިދީ ،ކޮންމެ ވެސް ވަރެއްގެ ފައިދާއެއް އައްޑޫ ރައްޔިތުންނަށް ހޯދައިދިނުންކަމަށް ފިރާގުވަނީ ވިދާޅުވެފައެވެ. އިތުރަށް ފިރާގު ވިދާޅުވީ އިންޑިގޯގެ ޗާޓަރު ފްލައިޓުތަކެއް އައްޑޫއަށް ގެނައުމުގެ އެންމެ ބޮޑު މަގްސަދަކީ އައްޑޫގައި ރަނގަޅު ގެސްޓްހައުސް ތަކެއް ހުރުމާއެކު އެ ތަންތަން ފިލްކޮށްލުންކަމަށެވެ،

ކަރަންޓީން މާކެޓު ހަތަރު މަސް ވަރު ދެމިގެންދާނެކަމަށް ލަފާކޮށް ފިރާގު ވިދާޅުވީ ޖާގަ ލިބޭ މިންވަރަކުން ފްލައިޓްތައް ބާއްވާނެކަމަށެވެ.