English Edition
Dhivehi Edition
ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން:

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްްޖެހިފައިވާކަމަށް ރައީސް އޮފީހުން މިއަދުބުނެފިއެވެ.

“މިއީ އާއްމުންގެ ހާލު ބައްލަވައި، އާންމުންގެ ހުރި ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ރައީސް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއް. އަދި މި ދަތުރުފުޅުގެ ތެރެއިން އައްޑޫސިޓީގެ ގިނަ ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ,”

ރައީސްގެ ދުބާއި ދަތުރުފުޅުގެ ކުރިން އެމަނިކުފާނު ވަނީ، ތ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން ތ. އަތޮޅުގެ ޖުމްލަ 10 ރަށަކަށް ރައީސް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ އެކަންކަން ހައްލުކުރުމަށް ސަަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވަނީ ހާމަކޮށްދެއްވާފައެވެ. ތ. އަތޮޅުގެ ގުރައިދޫ, ދިޔަމިގިލި، މަޑިފުށި އަދި ވޭމަންޑޫ އާއި ބުރުނީ އާއި ކަނޑޫދޫ އާއި ވަންދޫ އާއި އޮމަދޫ އާއި ކިނބިދޫ އަދި ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން، ތ. އަތޮޅު ކިނބިދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ ދުބާއި ދަތުރުފުޅަށްފަހު، އެއް މަސް ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލް ތަކާއި ބައްދަލު ކުރައްވަން ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.