English Edition
Dhivehi Edition

ވައްކަމުގެ މައްސަލަ އަކާއި ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، 2021 ފެބްރުއަރީ 20 ވަނަ ދުވަހުގެ 12:15 އެހާކަންހާއިރު މ. ނައިންހައުސް ގެއިން ސޭފްޓީ ދަލާއި މާކަރީ ލައިޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންކަމަށެވެ.

159-1

ފުލުހުންވަނީ މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 479616 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ގޮވާލާފައެވެ.