English Edition
Dhivehi Edition
ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓަރީ

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރޮޓީ (އެމްއެންއެސްޑީއޭ) އަދި ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން ވޯޓަރ ސްޕޯޓްސް ދާއިރާ ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، ވޯޓަރ ސްޕޯޓްސް ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއި، އެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރާ މަރުކަޒުތަށް ރަޖިސްޓްރީކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަށް ހިންގުމާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.

ދިވެހިރާއްޖެއަށް މުހިއްމު މިފަދ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ދަނީ އެމްއެންއެސްޑީއޭގެ އެއްބާރުލުމާއެކު، ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑަރޑް ތަކެއް އެކުލަވައިލުމާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް އަދި ތަފާތު އެކި ވޯކްޝޮޕްތަށް ކުރިއަށްގެންދަމުންނެވެ.