English Edition
Dhivehi Edition

ގއ. ކޫއްޑޫ ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު ޢުވާލާއި ރަށަށް އަރާ ފޭބުން ހުއްދަ ދީފިއެވެ.

ކޫއްޑޫ މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ ޖޫން މަހު 19 ވަނަ ދުވަހުގަ އެވެ. އެހެންވެ، އެ ރަށުގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލާފައިވަނީ 55 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމުގައިވާގޮތުން އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށް ވިދާޅުވެފައިވެއެވެ.

އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ކޫއްޑޫ މޮނިޓަރިންގ ހާލަތަށް ގެނެވުނު ފަހުން މިހާތަނަށް 193 މީހަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.