English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓި ސީދާ ސަބަބު އަދި ސާފުވެފައިނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިކަމާއި ގުޅިގެން އަދި ކަމާއި ބެހޭ އިދާރާއަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު ޖާބިރުވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރުކުރިމަތީ އޮށޯވެ އޮންނަވައިގެން އިހްތިޖާޖްކުރައްވާފައެވެ.