English Edition
Dhivehi Edition

ގއ ވިލިނގިލި އަނެއްކާވެސް މޮނިޓަރިންއިންގ ޙާލަތަށް ގެނެސްފިއެވެ.

ގއ ވިލިނގިލީ ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްޚީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 09:00 އިން ފެށިގެން އެރަށް ވަނީ މޮނިޓަރިންގ އަށް އަަލުން ގެނެވިފައި ކަމަށްވެސް އެޗްޕީއޭގެ ލިޔުމުގައި ބުނެފައިވެއެވެ.

ގއ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ލިބޭގޮތުގައި، އެރަށް މޮނިޓަރިންގ ޙާލަތަށް ލެވިފައިވަނީ ގއ. ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފަކު ބަލީގެ އަލާމާތްތައް ހުރެގެން ވިލިނގިލީ ހޮސްޕިޓަލަށް ދެއްކުމުގެ ހެދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާތީއެވެ.

ގއ ވިލިނގިލީގައި ކޮވިޑް-19 ގެ ކޭސްއެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ ދެމަސް ދުވަސް ފަހުން ޖުލައި މަހު 27 ވަނަ ދުވަހު ރަށުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ވަނީ މޮނިޓަރިންގ އުވާލާފައެވެ.