މިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރެއްގެ ސަބަބުން ކަމަށް ނުބުނާކަމަށާއި މިހެން ވަނީ އެކްޓިވިސްޓުންނަށް ނޫސްވެރިންނޭ ކިއުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާކުރަމުން އަންނައިރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސްވަނީ އެކަމާއި ކަންބޮޑުވުންފާޅުކޮށް ޓުވީޓްކުރައްވާފައެވެ. ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އާޒިމް ވިދާޅުވީ މިއަދު ކުރިމަތިވަމުން އަންނަ އުނދަގުލާއި ތަކުލީފް އުފުލަން ޖެހުނީ އިއްޔެ ކަންކުރި ގޮތުންކަމަށެވެ. ” މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް. އެކަން އެގޮތައް ދިމާ މިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން” މުއިއްޒު އަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓްގައި އާޒިމް ވިދާޅުވިއެވެ،
އަދި އެއްފަހަރު ޓުވީޓް ބައްލަވާލައްވާ. އެއްފަހަރުވެސް ނުބުނަން ނިމިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރަކާ ހެދިއެކޭ. އެކްޓިވިސްޓުން ނޫސްވެރިންނޭކީމަ ވާގޮތްމީ. އުންމީދު ކަނޑައެއްނުލަން. ރަގަޅުވާނެ. https://t.co/AnDPrORTRE
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) July 31, 2021
އާޒިމްގެ މި ވާހަކައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ވެރިކަމަށް 2 އަހަރަށްވުރެ ގިނަ ދުވަސްވިއިރުވެސް ކުރީ ސަރުކާރުގެ ވާހަކަދައްކައިގެން މި ސަރުކާރުން ދިފާއުވުމަށް މަސައްކަތްކުރަމުން ދާކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
މި ފާޑުކިޔުންތަކާއި ގުޅިގެން އާޒިމް ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އަދި އެއްފަހަރު އެ ޓުވިޓް ބެއްލުމަށް އެދިވަޑައިގެންފައެވެ. “އަދި އެއްފަހަރު ޓުވީޓް ބައްލަވާލައްވާ. އެއްފަހަރުވެސް ނުބުނަން ނިމިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރަކާ ހެދިއެކޭ. އެކްޓިވިސްޓުން ނޫސްވެރިންނޭކީމަ ވާގޮތްމީ. އުންމީދު ކަނޑައެއްނުލަން. ރަގަޅުވާނެ.” އާޒިމް ވިދާޅުވިއެވެ.