English Edition
Dhivehi Edition

އައްޑޫސިޓީގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ބޮޑު ޓްރެފިކް އޮޕަރޭޝަނެއް ހިންގާނެ ކަމަށް އައްޑޫ ޕޮލިހުން ހާމަކުރައްވައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ “ދިވިލިމަތަ 6” ގެ ނަމުގައެވެ. އޮޕަރޭޝަން ކުރިއަށް ގެންދާނީ މާދަމާ ހަވީރު 3.45 އިން 6.00 އަށެވެ. އައްޑޫ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންގެ ތެރެއިން މިވަގުތު “އޮންޑިޔުޓީގައި ތިއްބެވި ހުރިހާ ފުލުހުން މިއޮޕަރޭޝަނުގައި ބައިވެރިވާނެ،” ގަން ޕޮލިސް ސްޓޭޝަން އިންޗާޖު، ސްޓޭޝަން އިންސްޕެކްޓަރއޮފް ޕޮލިސް އަފްރާހު ހުސައިން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގެ ބޭނުމަކީ އެކްސިޑެންޓްތައް މަދުކުރުމާއި، ޓްރެފިކް ގަވާއިދަށް ކަމޭހިތުމަށް މީހުންނަށް ހިތްވަރުދިނުމާއި އައްޑޫސިޓީއަކީ އަމާންތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.

އައްޑޫސިޓީ ފުލުހުން ވަނީ މީގެ ކުރިން “ދިވިލިމަތަ” މި ނަމުގައި 5 އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ހިންގައިފައެވެ. އޭގައިވަނީ ގިނަ އަދަދެއްގެ އުޅަނދުފަހަރުވަނީ ޗެކްކޮށްފައެވެ.

ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރު އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވެފައިވަނީ ފުލުހުން ބޮޑަށް މަސައްކަތް ކުރައްވަނީ އަދަބުދީގެން ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ނަސޭހަތްދީގެން ކަންކަން ހައްލު ކުރައްވަން ކަމަށެވެ.

3 ކޮމެންޓް
ADDU MEEHA
ސެޕްޓެމްބަރު 30, 2017
dhn miko gadias keyli dhn ehekas ninukunehe nu ?
Addu meehaa
ސެޕްޓެމްބަރު 29, 2017
Dhen adha geh vedhe nidhagahnnah vee mi museebaah falaathikoh
Addu meeha
ސެޕްޓެމްބަރު 29, 2017
Dhen adha geh vedhe nidhagahnnah vee mi museebaah falaathikoh