English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ ބަލި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ މަރުކަޒު ބަންދުކޮށްފިއެވެ،

މަރަދޫ ޞިއްޙީމަރުކަޒުން ކުރި އިއުލާނެއްގައި ބުނީ އެ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ބަލި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ މީހާއާއި ގާތުން އެއްތަންވި ބައެއް މުވައްޒަފުން އެކަހެރިކޮށްފައިވާއިރު، ސިއްހީ މަރުކަޒުގެ ހިދުމަތް ތިން ދުވަހަށް މެދުކަނޑަލާން ނިންމާފައިވާކަމަށެވެ. މި ގޮތުން 30 ޖުލައި 2021 ވަނަ ދުވަހުން 01 އޮގަސްޓް 2021 އަށް މަރަދޫ ސިއްހީ މަރުކަޒު ބަންދުވާނެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނީ ސިއްހީ މަރުކަޒުގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ލިބުން އަލުން އެ މަރުކަޒުން ދެމުން އައި ހިދުމަތްތައް ލިބިގެންދާނެކަމަށެވެ. އަިދ މިހާލަތުގައި ބަލިވެގެން ފަރުވާ ހޯދަވަން ޖެހިވަޑައިގެންފިނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ދޭ ތަނަކަށް ވަޑައިގެންނެވުމަށް މަރަދޫ ސިއްހީ މަރުކަޒުންވަނީ އިލްތިމާޒުކޮށްފައެވެ.