English Edition
Dhivehi Edition

ގދ. އަތޮޅުން މިއަދު ކޮވިޑް-19 އަށް ފައްސިވީ ފަސް މީހެކެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގދ. އަތޮޅުން ފައްސިވި ފަސް މީހުންނަކީވެސް ނަޑެއްލާއިން ފައްސިވި މީހުންނެވެ. މިއާއެކު ނަޑެއްލާގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިވަނީ 184 އަށް އަރާފައެވެ.

މިވަގުތު ގދ. އަތޮޅުގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 234 މީހުންނެވެ. އެއީ ނަޑެއްލާގައި 184 މީހުންގެ އިތުރުން ތިނަދޫގައި 50 މީހުންނެވެ.

ގދ. އަތޮޅުން މިހާތަނަށް 1،125 މީހުން ބައްޔަށް ފައްސިވެފައިވާއިރު 889 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.