English Edition
Dhivehi Edition

އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމަކާއި(ބީއީއެސްއެސް)، އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް (އީއެމްއެސް) ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްން އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމުން އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓުގެ ނިޒާމު ސްޓެބަލައިޒް ވާނެ ކަމަށާއި ސޯލާ ހަކަތަ ހޯދަން ބޭނުންވާ ޕެނަލްތައް މިހާރަށް ވުރެ ގިނައިން ކަރަންޓު ގްރިޑާ ގުޅާލެވޭނެ ކަމަށެވެ.

އައްޑޫގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް އާންމުންގެ ޚިޔާލު ހޯދަނީ

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުުރުމުގައި ރާއްޖޭގައި އާބާދީ ބޮޑެތި ރަށްރަށުގައި ސޯލަ ޕީވީ ނިޒާމް ގާއިމްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ‘އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ “އެރައިޒް” ގެ ނަމުގައި މިހާރު ދަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު މި ކަމުގެ ސަބަބުން ހިފާ ގެންގުޅޭ އަގު ބޮޑު ސަމާނަށް ގެއްލުން ލިބެމުންދާ ކަމުގެ ކަންބޮޑުވުންތަކަކީ އެ ސިޓީގެ ރައްޔަތުންގެ އަބަދުވެސް ޝަކުވާއެކެވެ.