English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަންޒަރެއް - ފޮޓޯ: ޢާއިޝަތު ނަޖް

އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ “އެރައިޒް” މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމުގެ ގޮތުން ސާވޭއެއް ކުރުމަށް ނިންމައިފި އެވެ.

އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ ވޯލްޑް ބޭންކް އާއި އެ މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިއާދަކުރެނިވި ހަކައިތައިގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއި، ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި ރަށުގެ ކަރަންޓު ވިއުގަރ ގެ ފެންވަރު ރަނގަޅު ކުރުމާއި މެދު އާންމުގެ ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސާރވޭ އެއް ކަމަށެވެ. މި ސާވޭގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ޖުލައި 15 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމްކުރުމަށް ހަމަޖެހިފައި ވަނީ ބިމުގައި ހަރުކުރެވޭ ސްޓްރަކްޗަރއެއްގެ މަތީގައި ކަމަށާއި، ސްޓްރަކްޗަރގެ ބުޑުތައް ހަމަޖެހިފައި ވަނީ ކޮންކްރީޓުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މަސައްކަތް ކުރިއަށްދާއިރު މަސައްކަތުގެ އިން ވަކިކުރެވި، އެ ސަރަޙައްދު މަސައްކަތުގެ މުއްދަތަކުގައި ބަންދުކުރެވޭނެ ކަމަށާއި، މި ފިޔަވަހި ނިންމާލުމަށް އަމާޒުކުރަނީ ފަސް މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމަށް ނިންމާފައިވާއިރު، އެ މަސައްކަތަށް ފަސް މަސް ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމްކުރުމަށް ނިންމާފައިވާއިރު، އެކަމަށް ހޭދަވާނެ ކަމަށް ބެލެވެނީ ދެ މަސް ދުވަހެވެ.

އައްޑޫ ސިޓީގެ އިތުރުން ބ. އޭދަފުށްޓާއި، ޅ. ހިންނަވަރު އަދި ގދ. ތިނަދޫގައިވެސް މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

2 ކޮމެންޓް
ަހމެދ
ޖުލައި 8, 2020
ބިގް ޖޯކް