English Edition
Dhivehi Edition

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ލައްވާ މިސްކިތްތަކުގައި އިމާމުވެ ނަމާދު ނުކުރުވަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް މި ގޮތަށް އަންގާފައިވާ އިރު އެ މިނިސްޓްރީން ބުނީ ބެލެނިވެރިންގެ އިއުތިރާޒެއް ނެތް ނެތްނަމަ އިމާމުވެ ތަރާވީސް ނަމާދުކުރުމުގެ ހުއްދަ މީގެ ކުރިން ދީފައިވާނެ ކަމަށެވެ. އަދި އެ ހުއްދަވެސް ދެމުން އައީ އުމުރުން 15 އަހަރުން މަތީގެ ކުދިންނަށްކަމަށާއި ނަމަވެސް އެއީ އާއްމުކޮށްކުރާ ކަންތައްތަކެއް ނޫން ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުޑަކުދިންލައްވާ އިމާމުވެ ނަމާދުކުރުވާ ކަމުގެ ވާހަކަތަކެއް ފެތުރިފައިވާ މި ދަނޑިވަޅު، މިނިސްޓްރީން ބުނީ އެ މިސްކިތުގައި އިމާމުވެ ނަމާދުކުރި ކުދިންނަކީ އިމާމު ކޯސް ހަދަމުންދާ ކުދިން ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ކުޑަކުދިން އިމާމުވެ ނަމާދުކުރުމާއި ގުޅޭ ގޮތުން، ބަންދަށް ފަހު ސަރުކާރު ހުޅުވުމުން ސާކިއުލާއެއް ނެރޭނެކަމަށެވެ.