English Edition
Dhivehi Edition
14 އަހަރުގެ ކުއްޖާ މާލެ ދިޔަ ލޯންޗު

މ. ދިއްގަރުގެ ފަޅުތެރޭގައި އޮތް ލޯންޗެއް ވަގަށް ނަގައިގެން މާލެއަށް އައި ކުޑަކުއްޖާ މިހާރު އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސިނަމަން ރިސޯޓްގެ ލޯންޗެއްގައި އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ކުއްޖާގެ 13 އަހަރުގެ ލޯބިވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ ލޯންޗުގައި މާލެ އައި ފިރިހެން ކުއްޖާ އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އަދި ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ ކުއްޖާވެސް އާއިލާ އާއި ހަވާލުކޮށްފައިވާކަމަށާ އެ ކުއްޖާގެ ހާލުވެސް ރަނގަޅުކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މައްސަލަ އާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.