ސިހުރުހާހޫރައާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ ފުލުހުން މަޝްވަރާ ކޮށްފިއެވެ.
އިސްކަންދަރުސްކޫލުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ފުލުހުން މަޝްވަރާ ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއާއި، ޕޮރޮސެކިޔުޓަރޖެނެރަލް އޮފީހުގެ އިސްބޭފުޅުންނާއި އެޓަރނީޖެނެރަލް އޮފީހުގެ އިސްބޭފުޅުންނާއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައިވަނީ ސިހުރާ ބެހޭގޮތުން މީހުން ހުށަހަޅާ މައްސަލަތަކާމެދު އަމަލުކުރަމުންދާ ގޮތާއި އެފަދަ އަމަލުތައް ކުރަމުންދާ މީހުންނާމެދު ފިޔަވަޅުމާބެހޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ. އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމުގެ ގޮތުން އެ ކަމާގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްވެސް މިއަދުވަނީ މަޝްވަރާ ކުރައްވައިފައެވެ.
ފުލުހުން ގެންދަވަނީ ސިހުރު ހާހޫރަ ހަދާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގޭގެއަށް ކޯޓުއަމުރެއްގެ ދަށުން ވަދެ އެކަމަށް ބޭނުންކުރާ ފޮތްފަދަ ސާމާނު އަތުލަމުންނެވެ.