English Edition
Dhivehi Edition
ތ. ބުރުނީ - ފޮޓޯ: ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

ތ. އަތޮޅު ބުރުނީގެ ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ބުރުނީ ގެއެއްގައި ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކާއި އެކަމަށް ބޭނުންވާ އެހެނިހެން އާލާތްތައް ހުރިކަމުގެ މަޢުލޫމާތު ލިބިގެން، ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ގެ ބަލައި ފާސްކުރިއިރު، ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކެއް ފެނިފައިވާ ކަމަށާއި، އެ ފޮތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުން ސިހުރު ހަދަން ބޭނުންކުރާ ފޮތްތައް އަތުލައިގެންފައިވާއިރު، ދާދިފަހުން ލ. ގަމުންވެސް ފުލުހުން ވަނީ ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކެއް އަތުލައިގެންފަ އެވެ. އެ މައްސަލައިގައިވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.