English Edition
Dhivehi Edition
ރައީސް މުއިއްޒު ޝަމްނާޒްއާ މަގާމަށް އައްޔަނުކުރި ކަމުގެ ލިޔުން ހަވާލުކުރަނީ --- ފޮޓޯ: ރައީސް އޮފީސް

ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުލުހުން ގެ ބަންދުގައި ހުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް 20 ދުވަހަށްފަހު މިއަދު ދޫކޮށްލައިފި އެވެ.

ޖޫން 23، ގައި ފުލުހުން ހައްޔަރު ކުރީ ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ހުސައިން ސަމީރު ޖުލައި 1 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު، ޙައްވާ ސަނާ ދޫކޮށްލީ ޝަމްނާޒް އާއެކު މިއަދުއެވެ.

20 ދުވަހު ޖަލުގައި ބަންދުކުރުމަށްފަހު ޝަމްނާޒް އާއި ސަނާ، ދޫކޮށްލީ ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ފުލުހުން މިއަދުވަނީ ވިދާޅުވެފައެވެ. މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވުން ފިޔަވައި މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގައި މިއަދު ދޫކޮށްލި ޝަމްނާޒް، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަނީ ވަކިކޮށްފަ އެވެ. އަދި އޭނާގެ ކޮއްކޮ ސަނާ ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަމުން ވަކިކޮށްފަ އެވެ.

ޓެގު