English Edition
Dhivehi Edition
ބޮންގޮއްވި ޙަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން މީހުން ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއްކަމަށާއި، އެމަނިކުފާނަކީ ލޭ ހުއްދަ މީހެއް ކަމަށް، ހަމަލާދިން މީހުން ގަބޫލުކުރާކަމަށެވެ.

ޖާނުން ފިދާވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގައި ބައިވެރިވި ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދު ތައްޔާރަށް ހުރިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.އަދި 2019 ވަނަ އަހަރުން ފެށިގެން މި ހަމަލާ ދިނުމުގެ ތައްޔާރީތައް ފަށާފައިވާއިރު 2020 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދުވަހެއްގެ މަތިން، މ. ޔާގޫތުގެ ކައިރިން އެ މަނިކުފާނަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސާލާގައި މިހާތަނަށް ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފައިވާއިރު މި ހަމަލާ ރާވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ،.