English Edition
Dhivehi Edition

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި އައްޑޫގެ ދެ ގެއަކަށް ގެއްލުންވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުން ވެފައިވަނީ ހިތަދޫގެ ދެ ގެއަކަށް ކަމަށެވެ. ގެއްލުންވި ދެ ގެއަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފުންވަނީ ކޮށްފައެވެ.

އިއްޔެ މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ މަޢުލޫމާތު ހަވީރު 15:41 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ އެކު، ފުރާޅު އެއްލާލި ގެއަށް ސިފައިން ގޮސް ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ ގެއަކަށް ފެން ވަންނަކަމުގެ މަޢުލޫމާތު އިއްޔެ ހަވީރު 16:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ އެކު، ސިފައިން އެ ގެއަށް ގޮސް، އެގެއަށް ފެން ވަނަނުދިނުމަށްޓަކައި، އެގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.