English Edition
Dhivehi Edition
ފޮޓޯ: ވަގުތު އޮންލައިން

ނިމިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރި ވިއްސާރާގައި 10 ރަށެއްގެ 110 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރަ އާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗަށާއި އިމާރާތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ގެއްލުންތަކުގެ އަގު 1.1 މިލިއަން ރުފިޔާއަށް އަރާކަަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ގެއްލުން ލިބިގެން ހުށަހަޅައިވާ ރަށްރަށް:

  • ދ. ބަނޑިދޫ: 2
  • ދ. ހުޅުދެލި: 1
  • ގދ. މަޑަވެލި: 3
  • ހދ. ނެއްލައިދޫ: 1
  • ނ. މާފަރު: 1
  • ރ. ރަސްމާދޫ: 1
  • ސ. ފޭދޫ: 2
  • ޅ. ކުރެންދޫ: 97
  • ސ. މަރަދޫފޭދޫ: 1

ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޅ. ކުރެންދޫއަށެވެ.

ޓެގު