English Edition
Dhivehi Edition

ގދ. ތިނަދޫ އިން ރެންޑަމް ސާމްޕަލެއް ފައްސި ނުވާތާ 18 ދުވަސް ވެއްޖެއެވެ.

ގދ. ތިނަދޫގައި އެންމެ ފަހުން ރެންޑަމް ސާމްޕަލެއް ފައްސިވެފައި ވަނީ މިމަހުގެ 05 ވަނަ ދުވަހު ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފިއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ފައްސި ނަތީއްޖާ ލިބޭކަމަށް ވެސް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ރަށުގެ އެކިއެކި ސަރަހައްދުތަކުން 200 ސާމްޕަލް ނަގާ، އޭގެ ނަތީއްޖާއަށް ބެލުމަށްފަހު މޮނިޓަރިންގ ހާލަތު އުވާލާ އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ވެސް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މޮނިޓަރިންގ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ. އެފަހުން ތިނަދޫގައި 921 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.