English Edition
Dhivehi Edition

ކޮންމެ އިންސާނަކުވެސް ފުރާވަރަށް އެރުމަށްފަހު ހަށިގަނޑަށް އަންނަބަދަލުތަކުން ކަންބޮޑުވެއެވެ. ޚާއްސަކޮށް މޫނުގެ ހަންގަނޑަށް ކުރިމަތިވާ ބިހިތައްނެގުމާއި ލަކުނު އަދި މިކަންތައް ދުރުކުރުމަށް ބާރުގަދަ ކެމިކަލްހިމެނޭ ފޭސްކްރީމް ތަކާއި ބޭސްތައް ބޭނުންކުރުމުން ހަންގަނޑުގައި ރޫޖެހުމުން މުސްކުޅިވީކަމުގެ އިހުސާސްކުރެވެއެވެ. އެހެންނަމަވެސް ޤުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ގޭގައި ފަރުވާދެވިދާނެއެވެ. ތިރީގައިމިވަނީ ޒުވާންކަން އިތުރުކޮށްދިނުމަށް ގޭގައި ތައްޔާރު ކޮށްލެވޭނެ ބައެއް ފަރުވާއެވެ.

މިލްކް ރައިސް ކްލެންސަރ

ހަނޑުލަކީ ޒަމާނުއްސުރެ ޖަޕާނުގައި ހަންގަނޑުގެ ފަރުވާޔަށް ބޭނުންކުރަމުންދާ ވިޓަމިން-“އީ” އިން މުއްސަނދި ވެފައިވާ ބާވަތެކެވެ. ހަނޑުލުގައި ހިމެނޭ މިމާއްދާގެ ސަބަބުން ހަންގަނޑު އޮމާންކޮށްދީ ތާޒާކޮށްދެއެވެ. މިކްލެންސަރ ހެދުމަށް ރައިސް މިލްކް ބޭނުންކުރުމުން އޭގައިހިމެނޭ ވިޓަމިން-“އޭ” އަދި ކެލްޝިއަމް ލިބި ފައިދާ އިތިރުވެއެވެ.

ބޭނުންވާތަކެތި:

¼ ބްރައުން ރައިސް ފުށް

2-3 ސައިސަމުސާ އަންސްވީޓެންޑް ރައިސް މިލްކް (ކެމިކަލް އަކާނުލާ ތައްޔާރުކޮށްފައިހުންނަ)

ބްރައުންރައިސްފުށާއި ރައިސްމިލްކް އެއްކޮށްލުމަށްފަހު ޕޭސްޓް ތައްޔާރުކޮށްލާށެވެ. ދެން އިނގިލިތަކުގެ ކޮޅުން ވަށްބުރަކަށް ވާގޮތަށް މަޑުމަޑުން މަސާޖްކޮށްލުމަށްފަހު ދޮވެލާފައި އާންމުކޮށް ބޭނުންކުރަމުންގެންދާ ސްކިންޓޯނަރ އެއް އަދި މޮއިސްޗަރައިޒިންގް ކްރީމްއެއް އުނގުޅާލާށެވެ.

ބްލޫބެރީ ގްރެނޯލާ މާސްކް:

ބްލޫބެރީ އަދި އަލްމޮންޑް އަކީވެސް ވިޓަމިން-“އީ” އިން މުއްސަންދި ވެފައިވާ މޭވާއެކެވެ. އޯޓްސްއަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށްވީއިރު ތާޒާކިރު އަދި މާމުޔަކީ ހަންގަޑު އަލިކޮށްދޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި :

¼ ޖޯޑު ބްލޫބެރީ

¼ އަލްމޮންޑްސް

2 ސައިސަމުސާ އޯޓްސް

1 ސައިސަމުސާ މާމުއި

1 ސައިސަމުސާ ކިރު

ފުނޑާއިރުގައި އިތުރަށް ބޭނުމިއްޔާ ކިރު އެއްކުރެވިދާނެއެވެ. މިހުރިހާ ބާވަތެއް މިކްސާއިން ފުނޑާލަފައި މިޕޭސްޓް މޫނުގައި މަޑުމަޑުން މާސާޖްކުރަމުން އުނގުޅާށެވެ. ވިހި މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާފައި ފޭސްޓޯނާއެއް ބޭނުންކޮށްލާށެވެ. މި ފޭސްމާސްކް ހަފްތާޔަކު އެއްދުވަހު ބޭނުންކޮށްލެވޭނެއެވެ.

ބްލެކްބެރީ ވޯލްނަޓް ސްކްރަބް

ބްލެކްބެރީޔަކީ ވިޓަމިން-އޭ ،”ސީ” އަދި “އީ” ހިމެނޭ މޭވާއެކެވެ. އަދި މި ތިން ވިޓަމިން އަކީ ހަންގަނޑު ކުރަކިވެ މުސްކުޅިވުމުގެ އަލާމާތްތައް ދުރުކޮށްދޭ ވިޓަމިންއެވެ.

ބޭނުންވާ ތަކެތި :

½ ޖޯޑު ވޯލްނަޓް

½ ޖޯޑު ބްލެކްބެރީ (ބްލެކް ރާސްބެރީ)

ވޯލްނަޓް އަދި ބްލެކްބެރީ މިކްސަރ އިން ރަނގަޅަށް ފުނޑާލާށެވެ. ފުނޑާއިރު ފެން އެއްކޮށްލެވިދާނެއެވެ. މިސްކްރަބް މޫނުގައި މަޑުމަޑުން މާސާޖްކުރަމުން އުގުޅާފައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ރަގަޅަށް ދޮވެލާފައި ކްލެންސާ އެއް އަދި ޓޯނަރއެއް ބޭނުންކޮށްލާށެވެ.

އެވަކާޑޯ ކޮކޯ-ނަޓް ބޮޑީ އޮއިލް :

މުސްކުޅިވުމުން ދުރުކޮށްދޭ ސްކްރަބް އަދި ޓްރީޓްމެންޓް ގެ ވާހަކަ ދައްކާއިރު ހަށިގަނޑުގެ އެހެންބައިތަށް ހަނދާނައްތާލައިގެން ނުވާނެއެވެ. ބޮޑީ އޮއިލް އެއް ތައްޔާރު ކޮށްލުމަކީ އުނދަގޫ ކަމެއްނޫނެވެ. ފިހާރަޔަކަށް ވަދެލިޔަސް މި ޓްރީޓްމެންޓް ތައްޔާރު ކޮށްލުމަށް ބޭނުންވާ ސާމާން ފަސޭހަކޮށްލިބެންހުރެއެވެ. ތިރީގައި މިވަނީ ހަންގަޑަށް އަޖައިބުކުރުވަނި ރީތިކަމެއް ގެނެސްދޭނެ ޓްރީޓްމެންޓެއް ތައްޔާރުކުރާނެގޮތެވެ.

¼ ޖޯޑު އެވަކާޑޯ އޮއިލް

¼ ޖޯޑު އަލްމަންޑް އޮއިލް

¼ ކާށިތެޔޮ ހޫނުކޮށްފައި

މިހުރިހާ ތެލެއް 8-6 އައުންސްގެ ފުޅިޔަކަށް އަޅާފައި ރަގަޅަށް ހަލުވާލުމަށްފަހު ތެޔޮތައް އެއްވީމައި ކޮނޑުންފ ެށިގެން ފައިތިލަޔާ ހަމަޔަށް ތެޔޮއުނގުޅަމުން މަސާޖްކޮށްލާށެވެ. މިޓްރީޓްމެންޓް ކޮންމެދުވަހަކު ބޭނުންކުރުމުން ވަރަށް ރަނގަޅު ނަތީޖާ ފެންނާނެއެވެ.

ހަންގަނޑުގެ ޒުވާންކަމާއި ރީތިކަމަށްޓަކައި ބޭނުން ކުރަން އެންމެ ރަނގަޅީ ޤުދުރަތީ ފަރުވާތަކެވެ. ސަބަބަކީ، ހަންގަނޑަށް މުހިންމު ވިޓަމިން ތަކާއި އެކި މާއްދާތައް އެންމެ އެދެވޭ ގޮތުގައި ލިބެން ހުންނަނީ، ތާޒާ މޭވާ އާއި އެހެނިހެން ޤުދުރަތީ ބާވަތްތަކުގައި ކަމުގައި ވާތީއެވެ. އަދި ގިނަފަހަރަށް ވިއްކަން ހަދާފައި ހުންނަ ކޮސްމެޓިކްސްގެ ބާވަތްތަކަކީ ގިނަ އަދަދެއްގެ ކެމިކަލްތައް އެކުލެވޭ އެއްޗެއްކަމަށް ވެފައި، އޭގެ ސަބަބުން ހަންގަނޑަށް ތަފާތު ގޮތްގޮތުން ގެއްލުންތައް ލިބޭ އެއްޗަކަށްވާތީއެވެ. އެހެން ކަމުން، މަތީގައިވާ ޤުދުރަތީ ފަރުވާތައް ބޭނުން ކޮށްގެން ހަނގަނޑުގެ ރީތިކަން ދަމަހައްޓަން މަސައަކަތް ކުރަމާތޯއެވެ؟.