English Edition
Dhivehi Edition

ގދ. ނަޑެއްލާއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް މާދަމާގެ ވަގުތެއްގައި ނަޑެއްލާއަށް ފޯރާނެކަމަށް މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިރުޝާން ވިދާޅުވީ އެމްބިއުލާންސް ނަޑެއްލާއަށް ފޯރުކޮށްދިނުމުގައި ދަތި ވެފައިވަނީ ސަރުކާރުން އަލަށް ގެނައި 96 އެމްބިއުލާންސް ގެނައުމުގައި ލަސްތަކެއް ވެގެން ކަމުގައެވެ. އަދި މާތްﷲގެ އިރާދަފުޅުން މާދަމާގެ ވަގުތެއްގައި އެމްބިއުލާންސް ނަޑެއްލާއަށް ފޯރާނެ ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ. ފިރުޝާން އިތުރަށް ވިދާޅުވީ އެމްބިއުލާންސް ނަޑެއްލާއަށް ގެންދިޔުމުގެ ޓްރާންސްޕޯޓުގެ އެންމެހާ ކަންކަން ހަމަޖައްސައިދެއްވީ ނަޑެއްލާގެ އުފަން ރައްޔިތެއްކަމުގައިވާ މުޙައްމަދު އަސްވަދު/ ޗަމަން ގދ. ނަޑެއްލާ ކަމުގެެވެ.

”އަޅުގަނޑު އަބަދުވެސް ދާއިރާގެ ކަންކަން ވަރަށްގާތުން ބަލަމުން މިދަނީ. މި ދަނޑިވަޅަކީ ނަޑެއްލާގެ ރައްޔިތުން އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަސައްކަތްކުރަންވީ ވަގުތު. އަޅުގަނޑު މި ފުރުސަތުގައި މުހައްމަދު އަސްވަދު (މެކްސީ) އަށް ފަށްފަށުން ޝުކުރު ދަންނަވަން.“

ގދ. ނަޑެއްލާއަކީ ދާދިފަހުން ކޮވިޑް-19 އަށް ގިނަ އަދަދަކަށް މީހުން ފައްސިވެފައިވާ ރަށެކެވެ. އާބާދީގައި 1300 ވަރަކަށް މީހުން އާބާދީގައި ދިރިއުޅޭ އެރަށަށް އެމްބިއުލާންސްގެ ޚިދްމަތް ނުލިބޭތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

3 ކޮމެންޓް
ބަގްދާދީ
ޖުލައި 22, 2021
ރޯނުއެދުރެއް.ދެއްކުންތެރިއެެއް.
ފަސްފަހެތިން ފަޑައި
ޖުލައި 22, 2021
މިއޮތް ހުރިހާ ދުވަހު އެމްބިއުލާންސަށް ނެތް ކަން މެމްބަރަށް ނޭނގުން އެއީ ލަދުވެތިކަމެއް.އަދިވެސް ސަރުކާރަށް މަދަހަ ކިޔަން ކަލޭ ހުރޭ.ލަދު ކޮބާ؟
ރަދީފް
ޖުލައި 22, 2021
ކަނޑުކޮހެއް.