English Edition
Dhivehi Edition

ކ،މާފުށީގައި އަންހެން ކައުންސިލަރަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަމަލާގައި ކައުންސިލަރަށް މާ ބޮޑު އަނިޔާއެއް ވެފައިނުވާއިރު މި މައްސަލަ އާއި ގުޅިގެން ރޭ ހައްޔަރުކޮށްފައިވަނީ އީދު ޗުއްޓީއަށް މާފުއްޓަށް ގޮސް އުޅުނު ދިވެހި ފިރިހެނަކެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަދިސާ ހިނގާފައިވަނީ، ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުންތަކެއް އޭނާ މަރާލަން އުޅޭ ކަމެއް ބުނެ އެ ފިރިހެން މީހާ، އެމީހުން ފަހާ ދުވަމުން ގޮސް، އެ ފިރިހެންމީހާގެ ކިބައިން ސަލާމަތްވާން އެ މީހުން ގެއަކަށް ވަދެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައެވެ. މި ގޮތުން އެމީހުން ގެއަށް ވަދެ ދޮރުލައްޕަން އުޅުމުގެ ތެރޭގައި، އެ ފިރިހެން މީހާގެ އަތުގައި އޮތް އުލެއް އަންހެން ކައުންސިލަރެއްގެ ބުރަކައްޓަށް ހަރާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ،

މި ހާދިސާ އާއި ގުޅިގެން ފުލުހުން އެމީހާ ހައްޔަރުކޮށްފައިވާއިރު އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މީހާ މިފަދަ އަމަލެއް ހިންގި ސަބަބު ހާމަކޮށްފައިނުވާއިރު އެ ރަށު ކައުންސިލުން ބުނީ އޭނާ މާފުއްޓަށް އެތެރެވި ގޮތެއް އަދި ނޭނގޭކަމަށެވެ.