English Edition
Dhivehi Edition

އައްޑޫސިޓީން އަދަ 7 ވެރިން ކޮވިޑައް ފައްސިވެގެ. މިއާއިއެއްކޮއް އަދަ މިވެނީ އިތިރި އެހެކާ މިބަލިން ރަނގަޅަސް ވެފެއި.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އޭއީއޯސީން ޢާއްމު ކެޑެ ތަފާސް ހިސާބުތަކައް ބަލާކަލަކި އިއްޔެ ހަވީރެއި 6ން އަދަ 6 ޖެހުމާއި ހަމާއް 7 ވެރިން ފައްސިވީކޯ މިމީހުންނަކީ މަރަދޫފޭދޫން ނެގި ރެންޑަމް ސާމްޕަލަކުން ފައްސިވީ އެހެކާއި ރެންޑަމް ސާމްޕަލުން މަރަދޫން ފައްސިވީ 2 ބާކިންނާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތެ މަރަދޫން ފައްސި ވީ ދެވެންނާއި ، މަރަދޫ ފޭދޫން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތެ ފައްސިވީ އެހެކާގެ އިތިރައް ހިތަދޫގެ ޑައިރެކްޓް ކޮންޓެކްޓަކުން ފައްސިވީ މީހަކާ.

މިވަގުތެ އެންމެ ގިނަ މީހުން އައްޑޫސިޓީން ކޮވިޑަށް ފައްސިވެފެއި ވެނީ ހިތަދޫން. އޭ 45 ވެރިން. އޭގެއިތިރައް މަރަދޫއެ މިބަލިޖެހިފެއިވޭ 18 ވެރިން ތެތިބިއެ. އިއްޔެ ވެނީ އަލަށް މަރަދޫ ފޭދޫނަސް ކޮވީޑް ކޭސްތައް ފެނޭއްފަށަފެއި. އެގޮތުން އެ އަވަށުން މިބަލިޖެހިފެއި މިކޯ ތިބީ 3 ވެރިން. މިތިން އަވަށުން ފައްސި ވެފެއިވޭ 66 ވެރިން ފިޔަވައި އައްޑޫސިޓީއެ އިތިރި އަވަށަކުން އަދި ކޮވިޑް ކޭސްއައް މިވަގުތެ ފެނިފެއިއަކި ނެއް. މިސިޓީއެ ކޮވީޑް ޖެހެނެ މީހުންގެ އެތެރުން އެޑްމިޓް ކޮށްގެން އިތިރި ފަރުވާ ދެމުންއޭ މީހުންގެ އަދަދަކީ 3 .

މެހެއިތާން އައްޑޫސިޓީއެ ކޮވިޑް 19 ބަލި ޖެހެނެ މީހުންގެ ޖުމްލަ އަދަދަކީ 531 . މީގެ އެތެރުން ބަލިން ރަނގަޅަވެގެމިކޯ 463 ވެރިން. އައްޑޫސިޓީން މިބަލިން ނިޔައުވެފެއިވެނީ ދެބާކިން

އައްޑޫސިޓީން އަދަ ވެނީ 143 ވެރިންގެ ސާމްޕަލް ޓެސްޓްކޮއްފެއި. އަދާއި ހަމާއް މިސިޓީއެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތެ ތިބީ 297 ވެރިއެ.