English Edition
Dhivehi Edition

ގއ. ކޮލަމާފުށި ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު އުވާލައިފިއެވެ

ކޮވިޑް-19 އަށް ބަޔަކު ފައްސިވުމުން ކޮލަމާފުށި މޮނިޓަރިންގެ ހާލަތައް ގެނެސް އެރަށަށް އަރައި ފޭބުން މަނާކުރީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. އެރަށުގެ މޮނިޓަރިން އުވާލާފައި މިވަނީ އެރަށުން ކޮވިޑް-19 އަށް ފައްސިވި އެންމެ ރަނގަޅުވުމުންނެވެ.

ޑިރެކްޓަރު ގެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮލަމާފުށިން ވަނީ 12 މީހަކު ކޮވިޑަށް ފައްސިވެފައެވެ.

ކޮލަމާފުށި އިތުރުން އެ އަތޮޅުގެ ދާންދޫ، މާމެންދޫވެސް ވަނީ އާއްމު ޙާލަތަށް ގެނެސްފައެވެ.