English Edition
Dhivehi Edition

ގދ. އަތޮޅުން މިއަދު ކޮވިޑް-19 އަށް ފައްސިވީ އެންމެ މީހެކެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 24 މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގދ. އަތޮޅުން ފައްސިވި މީހަކީ ބަލީގެ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި މީހެކެވެ. އެ އަތޮޅުން މިއަދު ފައްސިވީ ހަމައެކަނި ތިނަދޫއިންނެވެ.

މިވަގުތު ގދ. އަތޮޅުގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 254 މީހުންނެވެ. އެއީ ތިނަދޫގައި 222 މީހުންނާއި ގައްދޫގައި 29 މީހުންނާއި ނަޑެއްލާގައި 03 މީހުންނެވެ.

ގދ. އަތޮޅުން މިހާތަނަށް 1،004 މީހުން ބައްޔަށް ފައްސިވެފައިވާއިރު 748 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.