English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ މީދޫ އިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ،

ގުލުހުންގެ މީޑިއާއިން ބުނީ ހުޅުމީދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނެއްކަމަށެވެ.

ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން އެރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 100 ރަބަރު ޕެކެޓު ހޯދާފައިވާއިރު މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

1 ކޮމެންޓް
ހިތަމަރަފޭދޫ
ޖުލައި 9, 2021
ދަރުމަ ވޭހެއް ކޮން ތާކި އޮތް ހުޅުމީދު އަށް؟