މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްްޗެއްް ހުރި ބުލެޓްތަކެއް ހަށިގަނޑު ތެރޭ ފޮރުވައިގެން އުޅުނު ދިވެހި ފިރިހަނެއްގެ ހާލު ދެރަވެ އައިޖީއެމްއެޗް ގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހަށިގަނޑުތެރޭ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މީހާއަކީ ރޭ މާލޭ ތެރޭ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްކަމަށެވެ. އަދި މި މީހާގެ އައިލާ އަށް މިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.