English Edition
Dhivehi Edition
ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލުމުގެ ސަބަބުން ސިފައިން އެހީތެރިވަނީ/ފޮޓޯ އެމްއެންޑިއެފް

ބޯވާރެއާއި ގަދަ ވަޔާއެކު މިއަދު އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރާގައި ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑިއެފުން ވިދާޅުވީ ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީ ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑިއެފް ސަދަން އޭރިޔާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ.

މިޙާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މިއަދު 15.40 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

އައްޑޫސިޓީއަށް މިއަދު ދަނީ މެދުނުކެނޑި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ.

މިވަގުތު ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ. މިއެލާޓް ނެރެފައިވަނީ މިއަދު ހަވީރު 04.00 ން މިރޭ 8.00އަށެވެ. މިވަގުތު ތަކުގެ ތެރޭ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެޓް އޮފީހުންވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.