English Edition
Dhivehi Edition

އައްޑޫސިޓީ ކަބަރަ: އައްޑޫސިޓީން އަދަ އެހެކާސް ފައްސި ނިވެއި.

އަދި މިއާއިއެއްކޮއް އަދަ މިވެނީ އިތިރި 9 ވެރިން މިބަލިން ރަނގަޅަސް ވެފެއި.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އޭއީއޯސީން ޢާއްމު ކެޑެ ތަފާސް ހިސާބުތަކައް ބަލާކަލަކި އިއްޔެ 7 ވެރިން ޕޮޒިޓިވް ތެބެވި. އޭގެއެތެރެ ހިމެނެނެއި ، ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތެ ފަސް ވެންނާއި އަދި ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވީ 2 ބާކިން.

މިވަގުތެ އެންމެ ގިނަ މީހުން އައްޑޫސިޓީން ކޮވިޑަށް ފައްސިވެފެއި ވެނީ ހިތަދޫން. އޭ 48 ވެރިން. އޭގެއިތިރައް މަރަދޫއެ މިބަލިޖެހިފެއިވޭ 6 ވެރިއެ ތެތިބިއެ. ހިތަދޫއެއި މަރަދޫން ފައްސި ވެފެއިވޭ 54 ވެރިން ފިޔަވައި އައްޑޫސިޓީއެ އެހެންއެއްވިއަސް އަވަށަކުން ކޮވިޑް ކޭސްއައް މިވަގުތެ ފެނިފެއިއަކި ނެއް. މިސިޓީއެ ކޮވީޑް ޖެހެނެ މީހުންގެ އެތެރުން އެޑްމިޓް ކޮށްގެން އިތިރި ފަރުވާ ދެމުންއޭ މީހުންގެ އަދަދަކީ 2.

މެހެއިތާން އައްޑޫސިޓީއެ ކޮވިޑް 19 ބަލި ޖެހެނެ މީހުންގެ ޖުމްލަ އަދަދަކީ 499. މީގެ އެތެރުން ބަލިން ރަނގަޅަވެގެމިކޯ 443 ވެރިން. އައްޑޫސިޓީން މިބަލިން ނިޔައުވެފެއިވެނީ ދެބާކިން