English Edition
Dhivehi Edition

ހަމްދާންގެ ކުއްލި މަރާއެކު ވިލިނގިއްޔަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވެއްޖެއެވެ.

ގއ ވިލިނގިއްޔަށް އުފަން އުމުރުން 24 އަހަރުގެ ހަމްދާން އަޙްމަދަކީ، އެންމެނާއި ގުޅޭ މީހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޒުވާނެއްގެ އިތުރުން ވިލިނގިލީގެ ސަޤާފީ ކަންތައް ކުރިއަރުވަމުން އަންނަ ތަފާތު މިޒާޖެއްގެ ހިތްހެޔޮ ޒުވާނެކެވެ. އޭނާ މާލެދިޔައީ އުފަން ރަށް ވިލިނގިލީގައި ގިނަދުވަސްތަކެއްވަންދެން އުޅުމަށްފަހުގައެވެ. ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ ހަމްދާންގެ ކިބައިން އެއްވެސް ކަމެއްގައި މައްސަލައެއް އުޅޭކަން މިހާތަނަށް އޭނާގެ ގާތް މީހުންނަށްވެސް އެނގިފައެއް ނެތެވެ.

މިއަދު ހަމްދާންގެ ކުއްލި ވަކިވުމާއި އެކު ލިބިގެން ދިޔައީ ކުއްލި ސިހުމަކެވެ. ގަބޫލް ކުރަން ދަތި މިޙާދިސާއިން ކުރެވެނީ ކިޔައި ދޭން ނޭނގޭކަހަލަ އިޙްސާސް ތަކެވެ. އޭނަގެ ވަކިވުމުގެ ފަޅުކަން ވިލިނގިލީގެ ކޮންމެ ފަރުދަކަށް އިޙްސާސް ކުރެވޭނެކަން ޔަޤީނެވެ. މިއަދު އޭނަގެ ކުއްލި ވަކިވުމާ އެކު ސޯޝަލް މީޑިއާ މި ވަނީ އިޙްސާސްތަކުން ބައްޑުން ކޮށްފައެވެ. އޭނައަށް ހެޔޮއެދޭ ރަޙްމަތްތެރިންނާއި ލޯބިވާ އާއިލާގެ މީހުންގެ ހިތާމަވެރި ޕޯސްޓް ތަކުންނެވެ.

މިއަދު މަރުވި ހަމްދާން

ހަމްދާނުގެ ފޭސްބުކް އެކައުންޓަށް ބަލާއިރު މަރުވުމުގެ ކުރިން ޝެއަރ ކޮށްފަހުރި ޕޯސްޓް ތަކުންވެސް އެތައް ފުންމާނަތަކެއް ދޭހަވެއެވެ. އޭނަ މުޖުތަމައަށް ދޫކޮށްލި މެސެޖްތަކުން އެންމެން ރޮއްވާލައިފިއެވެ. އޭނާ ފޭސްބުކް އެކައުންޓު ގައި ޝެއަރ ކޮށްފައިހުރި ޕޯސްޓްގައި ވަނީ “ހިތްވަރާއެކު މަސައްކަތް ކުރުމަށާއި ކަންކަމުގައި ތިމާ ކުރާ އުއްމީދު ދޫނުކޮށް ހަމައެކަނި ތިމާކުރާ ކުށް ދައްކާ މީހުންގެ ވާހަކަތައް އަޑުނޭހުމަށް އިލްތިމާސްކޮށްފައެވެ.

ހަމްދާން ޝެއަރ ކޮށްފައިހުރި އިތުރު ޕޯސްޓެއްގައި ބުނެފައިވަނީ “އޭނާގެ ވަކިވުމުގެ ޚަބަރު އިވުމުން އޭނާއަށް މަޢާފްކޮށް، އޭނަގެ ފޮޓޯތަކާއި ވީޑިއޯ ތައް ޑިލީޓް ކޮށް ހެޔޮ ދުޢާ ކޮށްދިނުމަށް އެދޭކަމަށް ބުނެފައެވެ.

ހަމްދާންގެ މަރުގެ ހަގީގަތް އަދި އެއްވެސް ބަޔަކަށް އެނގިފައިނުވާއިރު މިމައްސަލަ ފުލުހުން ގެންދަވަނީ ތަޙުޤީޤް ކުރައްވަމުންނެވެ.

1 ކޮމެންޓް
Someone
ޖުލައި 8, 2021
He has asked to not use his photos or videos in that post. You guys shouldnt have used his photos in this articles. Its not cool