ގދ. ހޯނޑެއްދޫގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑް-19 އަށް ފައްސި ވެފައިވާކަން ހޯނޑެއްދޫ ހެލްތު ސެންޓަރުން ހާމަކޮށްފިއެވެ.
އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ. ހޯނޑެއްދޫ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތް ޝިމްލާ ނަސީމް ވިދާޅުވީ އެފަރާތަކީ މާލެއިން އައިސް ހޯމް ކަރަންޓީން ވެފައިވާ ފަރާތެއް ކަމަށާއި އަދި އެފަރާތަކީ 02 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުމުން ރިލީޒް ކުރުމަށް ނެގި ސާމްޕަލް ފައްސި ވެފައިވާ ކަމަށެވެ. އަދި މިހާރު އެފަރާތާ އެއްވެސް ކޮންޓެކްޓެއް ހުރި ފަރާތެއްވޭތޯ ކޮންޓެކްޓް ޓްރޭސް ހަދަމުންދާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ޝިމްލާ އިތުރަށް ވިދާޅުވީ އަދިވެސް ނަތީޖާ ނުލިބޭ 50 އާއި ގާތްކުރާ އަދަދަށް ސާމްޕަލް އެބަހުރިކަމަށާއި އެތަނުގައި ވެސް 02 ޑޯޒް ޖަހާފައިވާ ފަރާތްތައް ހިމެނޭކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ހޯނޑެއްދޫގައި ހޯމް ކަރަންޓީން ގައި ހުރިފަރާތެއްގެ ސަބަބުން ރަށުގައި ބަލި ފެތުރި ދޮޅުމަސް ދުވަސް ވަންދެން އެރަށް މޮނިޓަރިންގ ގެ ހާލަތުގައި ބޭއްވުނެވެ. އެފަހަރު 40 އަށްވުރެ ގިނަ މީހުން އެރަށުން ފައްސި ވެފައިވެއެވެ.