English Edition
Dhivehi Edition

ކައުންސިލުން އިސްނަގައިގެން ގދ.ވާދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކް ރަސްމީކޮށް ހުޅުވައިފިއެވެ.

ވާދޫ ކައުންސިލުން ޚަރަދުކޮށްގެން އެރަށުގައި ތަރައްޤީ ކުރެވުނު “ކުޅެމާ ކުޅެމާ” ޕާކު ހުޅުވައިދިނީ ވާދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އަހުމަދު އަބްދުލް ކަރީމް އަދި މި ދައުރުގެ ރައީސް ހަސަން އަބްދުالله އެވެ.

މިޕާކު ތަރައްޤީ ކުރުމަށް އެރަށު ކައުންސިލުންވަނީ 266000 ރުފިޔާ ޚަރަދުކޮށްފައެވެ. ޕާކު ތަރައްޤީކުރުމުގައި މިނިސްޓްރީ އޮފް ޔޫތް, ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުގެ އެހީތެރިކަން ލިބިފައިވާކަން ވާދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ވާދޫގައި ހުޅުވިގެންދިޔަ ކުޑަކުދިންގެ ޕާކު ތަރއްޤީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރ މަހު ވަނީ ޑީއެމްއެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައެވެ. އެކުންފުނިންވަނީ މަސައްކަތް ފެށިތާ 3 މަސްދުވަސްތެރޭ ޕާކުގެ މަސައްކަތް ނިންމާފައި ކައުންސިލާ ހަވާލުކޮށްފައެވެ.

ވާދޫ ކައުންސިލުން ބުނާގޮތުގައި ޕާކުގެ މަސައްކަތް މިއަހަރު ކުރީކޮޅު ނިމިފައިވީނަމަވެސް ޕާކު ނުހުޅުވާ ލަސްކުރީ އެރަށުން ކޮވިޑް ކޭސްތަކެއް ފެންމަތިވެ ރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން ކަމަށެވެ.