English Edition
Dhivehi Edition

ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އިމާރާތުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އޯ.ޕީ.ޑީ އިމާރާތުގެ މަސައްކަތުގެ 71 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓީންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ ކޮންކްރީޓް، މޭސަނަރީ އަދި ރޫފިންގް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

33.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.