English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ޖަމާލުއްދީން ސްކޫލް ގައި 16 ކްލާސް ރޫމް އެޅުމަށާއި ފުވައްމުލަކު ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް އެޅުމާއި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ،

ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދާ މި ދެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު 16 ކްލާސް ރޫމް އެޅުމުގެ މަޝްރޫއަކީ 12 މިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ.

މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަކީ 8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަކަށެވެ،