English Edition
Dhivehi Edition

އެމެރިކާ އިން ފުރައިގެން ވިއެޓްނާމަށް ދަތުރުކުރި ބޭރުގެ އާގު ބޯޓެއްގެ ފަޅުވެރިއަކު ހާލު ބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެމީހާ އައްޑޫސިޓީއަށް ގެންގޮސްފިއެވެ.

ވިއެޓްނާމަށް ދަތުރުކުރަމުންދާ ހޮންކޮންގގެ “އެމް.ޓީ – ނިއު މެލޮޑީ” ނަމަކަށްކިޔާ އާގު ބޯޓުގައި ހާލުބޮޑު ބަލި މީހަކު އޮތް ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ގަމުގެ އިރުން 8 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނެގުމަށްފަހު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ފޭދޫއަށް ގެންގޮސްދީފައެވެ.

ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެން މީހާ ފޭދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 11:27 ހާއިރުއެވެ