English Edition
Dhivehi Edition
ހިތަދޫ ނެރުމައްޗަށް އުރުނު ދޯނި: ފޮޓޯ އެމްއެންޑީއެފް

އައްޑޫ ސިޓީ، ހިތަދޫ ނެރުމައްޗަށް ފަރުމަސްވެރިކަން ކުރާ ދޯންޏެއް އުރިއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަހްމަދު އާޒިމް ވިދާޅުވީ، “ކޯމަސް” ނަމަކަށް ކިޔާ މި ދޯނި އުރިފައިވަނީ ހިތަދޫ ނެރު ކަންމައްޗަށް ކަމަށެވެ.

އެވަގުތުއެ ދޯނީގައި ތިބީ ތިން ދިވެހިންނާއި އެއް ބިދޭސީއެއް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:53ހާއިރުގަ އެވެ

އެ ދޯނި ފުން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.